Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އައްމި: ހުނަރާއި ހިތްވަރުން މޭކަޕްގެ ދުނިޔެ އަށް

މިހާރަކަށް އައިސް ދިވެހި ޒުވާން އަންހެން ކުދިން އެންމެ ބޮޑު ސަމާލު ކަމެއް ދޭ އެއް ކަމަކީ އަބަދު ވެސް މޭކަޕް ކުރުމެވެ. ގެއާއި ޖެހިގެން ހުންނަ ފިހާރަ އަށް ދާން ވެސް ނިކުމެވެލެނީ ބައިގަޑިއެއްހާ އިރުގެ މޭކަޕް ސެޝަނަކަށް ފަހު އެވެ.

އެކަމަށް އެހާ ވެސް ބޮޑު ސަމާލު އެ ކަމެއް ދެވެ އެވެ. އަމިއްލަ ގޮތުން ބައެއް ކުދިން މޭކަޕް ކުރި ނަމަވެސް ބޮޑެތި ހަފުލާ ޕާޓީތަކަށް އަބަދު ވެސް އެހީ ހޯދަނީ މޭކަޕް ސްޓޫޑިއޯއެއް ނުވަތަ މޭކަޕް އާޓިސްޓެއްގެ ފަރާތުންނެވެ. އެއާއެކު މި ދާއިރާއަކީ ކުރިމަގު ރަނގަޅު ޒުވާނުންނަށް އާމްދަނީ ހޯދަން އޮތް ރަނގަޅު މަގަކަށް ވަނީ ވެފަ އެވެ.

އައްޑޫ ހިތަދު އަށް އުފަން އާމިނަތު ސަޖުވާ (އައްމި) އަކީ ވެސް މި ދާއިރާއިން ފާހަގަކޮށްލެވޭ ޒުވާނެކެވެ. އެންމެ 19 އަހަރުގެ މި ޒުވާނާ މި ދާއިރާ އަށް ޝައުޤު އުފެދެން މެދުވެރިވި ސަބަބު ވަރަށް ތަފާތެވެ.

އައްމި ބުނާ ގޮތުން އޭނާ މި ދާއިރާ އަށް ޝައުޤު އުފެދުނީ ސަން ޓީވީ ގެ ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދި ޔައިރު އެވެ. އެ ދުވަސްވަރު މޭކަޕްގެ ދުނިޔެ އަށް ނިކުމެވި އެ ކަމަށް އޭނާ ހިތް ޖެހުނެވެ. އެކުވެރިއެއްގެ އެދުމަކަށް އޭނާ މޭކަޕްކޮށް ދިން ހިސާބުން މި ހުނަރު އައްމިގެ ކިބައިގައި ހުރިކަން ގަބޫލު ކުރެވުނެވެ.

އެހެންވެ ފުރަތަމަ އެކުވެރިއަކާ އެކު ވިޔަފާރިއެއްގެ ގޮތުގައި މޭކަޕްކޮށް ދޭން ފެށި އެވެ. ނަމަވެސް މިހާރު އައްމި މި މަސައްކަތް ކުރިއަށް ގެންދަނީ އެކަންޏެވެ. އާޓެއްގެ ގޮތުގައި އޭނަގެ ހުނަރު ދައްކާލުމަށާއި އެކު މިކަން ކުރާ އިރު މީހުންގެ ތަރުހީބު އަންނަނީ ލިބެމުންނެވެ.

ގޭގެ އެއް ކޮޓަރި މޭކަޕަށް ހާއްސަކޮށްފައިވާ އިރު ކުރިން އޭނަ ވަނީ މޭކަޕްކޮށް ދޭން ގޭ ގެއަށް ވެސް ގޮސްފަ އެވެ.
ދެ އަހަރު ވަންދެން މާލޭގަ މޭކަޕްކޮށް ދޭން އުޅުމަށް ފަހު އައްމި މި މަސައްކަތުގައި ރަށައް ބަދަލުވީ މިދިޔަ އަހަރު ފަހު ކޮޅު އެވެ.
ރަށުގައި މިކަން ކުރާ މިހުން މަދުވުމުގެ ސަބަބުން އެތަށް ބަޔެއްގެ އެދުމުގެ މަތިން އައްމި މިކަން ފެށި ނަމަވެސް އޭނާ އަށް މާ ބޮޑު ތަރުހީބެއް ނުލިބެ އެވެ.

ނަމަވެސް އައްމިގެ ހުނަރު ރަށު ސްކޫލްގައި އޮތް ހަރަކާތަަކަށް ކޮށްދިން މޭކަޕްވެގެން ދިޔައީ އަމިއްލަ ރަށުގައި އައްމި އަށް ކުރިއަށް ދާން ލިބުނު ރަނުގެ ފުރުސަތަކަށެވެ. އެ މޭކަޕް ފެނުމާ އެކު އެތައް ބައެއްގެ ސަމާލުކަން ހުއްޓި މިއަދު އައްމިލަ އަށް މި މަސައްކަތުގައި އެކަށީގެންވާ ކުރިއެރުމެއް އަންނަނީ ލިބެމުންނެވެ.

އައްމި ބުނާ ގޮތުން މި މަސައްކަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުރާ މަސައްކަތާއި އެއްވަރަށް އަގު ނުލިބުމެވެ. އައްޑޫގެ ގުޅިފައިވާ ރަށްތަކުން ވެސް އައްމި އަށް ކްލައިންޓުން ލިބޭ އިރު އެންމެ ގިނަ މީހުން އެދެނީ އަގު ކުޑަ ކުރުމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރެވެން ނޯންނަ ކަމަށް ޒުވާން ހުނަރުވެރިޔާ ބުންޏެވެ.

އައްމި ބުނީ މަސައްކަތުގެ އަގު ކުޑަ ކުރަން ގިން މީހުން އެދެނީ މި މަސައްކަތުގެ ބުރަ ކަމާއި މިކަމަށް ބޭނުންވާ ސާމާން ހޯދުމުގައި ހުރި ދަތިތައް އާއްމު ކަސްޓަމަރުންނަށް ނޭނގުމެވެ.
ހާއްސަކޮށް ރާއްޖޭން ބޭރުން ގެންނަ ސާމާން ގެއަށް ގެނެސް ބަލާ އިރު ހަލާކުވެފައި ވަނީ އެތައް ފަހަރަކު އެވެ. އެކަމުގެ ސަބަބުން ގިނަ ގެއްލުންތަކެއް ލިބޭ ކަމަށް އައްމި ބުންޏެވެ.

އައްމިގެ މިހާރުގެ އެންމެ ބޮޑު ހުވަފެނަކީ މޭކަޕަށް ހާއްސަ ސްޓޫޑިއޯއެއް ގާއިމު ކުރުމެވެ. އަދި ވިޔަފާރި ފުޅާ ކުރުމުގެ ގޮތުން މާލޭގައި ވެސް ތަނެއް ހެދުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ހުރިހާ ސްޓައިލެއްގެ މޭކަޕްގެ އިތުރަށް އައްމި ފޭސް ޕެއިންޓިންގް ވެސް ކޮށްދެ އެވެ. މިކަމުގެ ހުނަރު ހުރި އެތަށް ކުދިންތަކެއް ތިބޭ އިރު އޭނަގެ އެހީގައި މި ކުދިންތަށް މި ދާއިރަށް އަށް ނެރެން އައްމި ބޭނުމެވެ.

'ލިޓް' ގެ ނަމުގައި ސޯޝަލް މީޑިޔާގައި ޕޭޖެއް މިހާރު ވަނީ ހަދައި ފައެވެ. އެޕޭޖަށް އައްމިގެ މަސައްކަތް ދަނީ ހިއްސާ ކުރަމުންނެވެ.

ޕޭޖަށް ހިއްސާ ކުރާ ފޮޓޯ ނެގުމުގައި އެތަށް ބައެއްގެ އެހީތެރިކަން އަންނަނީ ލިބެމުންނެވެ. ހާއްސަކޮށް އައްމިގެ ދައްތަ އައިޝަތު ސަމާގެ އެހީތެރިކަން ފާހަގަ ކުރި އެވެ. އައްމި ބުނީ ދައްތަގެ އެހީތެރިކަން ހިޖާބު އަޅައި ދިނުމުގައި އޭނާ އަށް ވަރަށް ބޮޑަށް ލިބޭ ކަމަށާއި މި މަސައްކަތް ކުރިއެރުވުމަށް ދައްތަގެ ހަރަދު ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ލިޓް" ފޭޖަށް މިހާރު ހިއްސާ ކޮށްފައިވާ ފޮޓޯތައް ނެގުމުގައި ހިޖާބު އަޅައި ދިނުމުގައި ދައްތަ ސަމާ އެހީތެރިކަން ދޭ އިރު ފޮޓޯ ނަގަނީ އައްމިގެ ލޯބިވެރިޔާ އެވެ.

އާއިލާގެ އެހީގައި މިހާރު އައްމި ވަނީ ވިޔަފާރި ރަޖިސްޓްރީކޮށްފަ އެވެ. މިކަމުގައި އޭނަ އަށް އެހީތެރިވާ އެންމެނަށް އަދި ހާއްސަކޮށް އާއިލާ އާއި އެންމެ ގާތް އެކުވެރިންނަށް އައްމި ޝުކުރު އަދާކުރާ ކުރެ އެވެ.

"އައްޑޫލައިވް" އިން ވެސް އެދެނީ އައްމި އަށް އިތުރު ކުރިއެރުމާއި ކާމިޔާބީ އެވެ.