Last Updated: June 23, 10:00
Tuesday, June 23, 2026
ޚަބަރު

ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް މެޑަމް ފާތުންގެ އީދު ހަދިޔާ

މާލޭގެ ހޮސްޕިޓަލުތަކުގައި ތިިބި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ބައެއް ބަލިމީހުނަށް ރައީސުލް ޖުމުހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތް އިބްރާހިމްގެ ފަރާތުން އީދު ހަދިޔާގެ ގޮތުގައި ފައިސާގެ އެހީތެރިކަން ފޯރުކޮށް ދެއްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން، އިބްރާހިމް މުއާޒް އަލީ ވިދާޅުވީ މެޑަމްގެ ފަރާތުން އީދު ހަދިޔާ ބައްސަވާފައިވަނީ ހޮސްޕިޓަލުތަކަށް އެކަމަނާ ޒިޔާރަތް ކުރައްވައި ވަޑައިގެންނެވި ވޯޑުތަކުގައި ތިބި މީހުންނަށް ކަމަށެވެ. އަދި އެއީ މެޑަމް ފާތުން ކުރައްވާ އިޖުތިމާއީ މަސައްކަތުގެ ތެރެއިން ކުރައްވާ ކަމެއް ކަމަށްވެސް މުއާޒް ވިދާޅުވެފައިވެއެވެ.

ބަލި މީހުންނަށް އީދު ހަދިޔާގެ ގޮތުގައި ފަސްޓް ލޭޑީގެ ފަރާތުން ފައިސާ ލިބިފައިވާއިރު ލިބިފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް މުއާޒް ހާމަކޮށްފައެއް ނުވެއެވެ.