Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ޢީދު ފާހަގަ ކުރަން ފެން ޖަހަމުން ދަނިކޮށް އެކްސިޑެންޓްވެއްޖެ

ހިތަދޫގައި ޢީދު ފާހަގަ ކުރުމަށް ފެންކުޅި ކުޅެމުން ދިޔަ ދެ ސައިކަލެއް އެކްސިޑެންޓްވެއްޖެ އެވެ.

"އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތަދޫ ބޮޑު މަގުގައި ހުންނަ ޗެކްމާކް ފިހާރަ ކައިރިން، މި އެކްސިޑެންޓް ހިނގާފައި ވަނީ ފެން ޖަހަމުން ދިޔަ ދެ ސައިކަލެއް ޖެހިގެންނެވެ.

އެކްސިޑެންޓް ހިނގި އިރު ދެ ސައިކަލްގައި ތިބި މީހުންނަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބި ފައެވެ.

އަނިޔާވި މީހުންނަށް މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު އެދެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މަންޒަރު ދުށް މީހަކު ބުނިގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ފެންޖަހަމުން ދިޔަ 2 ސައިކަލް ޖެހިގެން ކަމަށެވެ.