Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

އައްޑޫގައި އީދު ނަމާދު ބޮޑު ޖަމާއަތުގައިކޮށްފި

މިއަހަރުގެ ފިޠުރު ނަމާދު އައްޑޫގައި ބޮޑު ޖަމާއަތުގައި ބާއްވައިފި އެެވެ.

މިއަހަރުގެ ފިޠުރު އީދުގެ ބޮޑު ޖަމާއަތުގައި ކޮށްފައިވަނީ ހިތަދޫ އަދި ފޭދޫގައެވެ. ހިތަދޫ ނޫރުލް އިސްލާމްގެ ފަރާތުން އިންތިޒާމް ކުރި މި އީދު ނަމާދަށް ދެ ޖިންސްގެ ވަރަށް ގިނަ ބަޔަކު ވަނީ ޖަމާވެފައެވެ.

ހިތަދޫގައި މިފަހަރުވެސް އީދު ނަމާދު ބޭއްވީ އައްޑޫ ސްޓޭޑިއަމްގައެވެ. ފޭދޫގައި މިއަހަރު އީދު ނަމާދު ކުރުން އޮތީ ފޭދޫ ސްކޫލާއި ދިމާލުން ފޭދޫ އަލަށް ހިއްކި ބިމުގައެވެ.

ހިތަދޫ އާއި ފޭދޫގެ އިތުރުން މީދޫގައިވެސް ވަނީ އީދު ނަމާދު ބޮޑު ޖަމާއަތުގައި ބާއްވާފައެވެ.

ފާއިތުވި އަހަރުތަކާއި އެއްގޮތަށް މިއަހަރުގެ އީދު ނަމާދުގައި މީދޫގެ ދެ ޖިންސުގެ ކުދި ބޮޑު އެތައް ބަޔަކު ބައިވެރިވިއެވެ.