Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

އުރީދޫ ރޯދަ ހަދިޔާއަކީ 25 ޕަސަންޓް ހިލޭ ޑޭޓާ

ބަރަކާތްތެރި ފިތުރު އީދުގެ މުނާސަބަތުގައި އުރީދޫގެ ކަސްޓަމަރުންނަށް މިފަހަރު އީދު ހަދިޔާގެ ގޮތުގައި ބޯނަސް ޑޭޓާގެ ގޮތުގައި 25 ޕަސަންޓް ދިނުމަށް އުރީދޫން ނިންމައިފި އެވެ.

މިފަދަ ކޮންމެ މުނާސަބާއަކާއި ގުޅިގެން އުރީދޫއިން އަންނަނީ ކަސްޓަމަރުންނަށް ގިނަގުނަ ހަދިޔާތަކެއް ޑޭޓާއާއި ހިލޭ ގުޅޭ މިނެޓުތަކުގެ ގޮތުގައި އުރީދޫގެ އެންމެހާ ކަސްޓަމަރުންނަށް ދެމުންނެވެ.

އެގޮތުން މިފަހަރުގެ އީދު ހަދިޔާގެ ގޮތުގައި 25 ޕަސަންޓު ބޯނަސް ޑޭޓާ މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހާއި ހަމައަށް ނަގާ ކޮންމެ ޑޭޓާ ޕެކަކާއެކު ލިބޭ ގޮތަށް އުރީދޫން ވަނީ ހަމަޖައްސާފައެވެ.

އުރީދޫ ޑޭޓާ ޕެކް ނެގުމަށާއި އެހެނިހެން ޚިދުމަތްތައް ފޯނު މެދުވެރިކޮށް ހޯއްދެވުމަށް އުރީދޫ މޯލްޑިވްސްގެ މައި އުރީދޫ އެޕް، ގޫގުލް ޕްލޭ ސްޓޯރު، އެޕަލްގެ އެޕް ސްޓޯރު ނުވަތަ ore.do/app އިން ޑައުންލޯޑް ކުރެވޭނެއެވެ.