Last Updated: June 11, 17:05
Thursday, June 11, 2026
ސިޔާސީ

މާޗް އެކެއްގައި ބާއްވަން ރޭވި އެމްޑީޕީގެ އެތެރޭގެ އިންތިހާބް ފަސްކޮށްފި

އެމްޑީޕީން އަންނަ މަހުގެ އެއް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެއްސި ޕާޓީގެ އެތެރޭގެ އިންތިޚާބުތައް އަންނަ މަހުގެ އަަަށެކަށް ފަސްކޮފި އެވެ.

އެމްޑީޕީގެ ސެކެޓްރީ ޖެނެރަލްގެ ނައިބު އަދި އިންތިޚާބާ ބެހޭ ފޯކަލް ޕޮއިންޓް އަޙްމަދު އަކްރަމް ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިޚާބުތައް ފަސް ކުރަން ޖެހުނީ ފާއިތުވެ ދިޔަ ދެތިން ހަފްތާގެ ތެރޭގައި ސިޔާސީ ހަލަބޮލިކަން ވަރަށް ބޮޑަށް އިތުރުވެ، މި ހަލަބޮލިކަމުގައި އެމްޑީޕީގެ އެންމެހާ މެމްބަރުން ބައިވެރިވާ ސިޔާސީ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދަން ޖެހުމުން، ބޮޑު އިންތިޚާބަކަށް ތައްޔާރުވާން ބޭނުންވާ ވަގުތު އެކަށީގެންވާ ވަރަށް ނުލިބުމުން ކަމަށެވެ.

މާޗް 8 އަށް ފަސްކުރެވުނު އިންތިޚާބުތަކަކީ، ހޯރަފުށީ ދާއިރާގެ ރައީސް ކަމާއި، ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައީސް ކަމާއި، ދިއްގަރު ދާއިރާގެ ރައީސް ކަމުގެ މަޤާމްގެ އިތުރުން ބައެއް އެހެނިހެން މަޤާމްތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުތަކެވެ.