Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

"ވަގުތު" ނޫހުން ބާއްވާ ފުޓްސަލް ކަޕް މިރޭ ފަށަނީ

ރާއްޖޭގައި ހިންގާ އޮންލައިން ނޫސް "ވަގުތު" އިން އައްޑޫ ސިޓީއަށް އަމާޒުކޮށްގެން ބާއްވާ ވަގުތު ފުޓްސަލް ޗެލެންޖް މިރޭ ފެށުމަށް ހަމަޖެހިއްޖެ އެވެ.

ހިތަދޫ "މަނިކު ދަނޑު" ގައި ކުރިއަށްދާ މިމުބާރާތުގައި ޖުމުލަ 16 ޓީމެއް ބައިވެރިވެއެވެ. ހަތަރު ގްރޫޕް ހިމެނޭ މިމުބާރާތުގެ ކޮންމެ ގްރޫޕެއްގައިވެސް ތިބޭނީ ހަތަރު ޓީމެވެ.

އައްޑޫގެ ހަތަރު އަވަށުން ވަރުގަދަ ޓީމުތަކެއް ބައިވެރިވާ މިމުބާރާތުގެ ޗެމްޕިއަން ޓީމަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވެއެވެ. ރަނަރަޕް ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ބައްދަލުކުރާނީ ހިތަދޫގެ ދެޓީމު ކަމަށްވާ އެފްސީ ފަސްގަނޑަ އަދި މައިލޯ ސިޓީ އެފްސީއެވެ. މިމެޗު ފެށޭނީ މިރޭ 22:00 ގައެވެ.