Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ބޮޑު މަހާ އެކު ހިތަދޫގައި އީދު ކުޅިވަރު ބާއްވައިފި

މިއަހަރުގެ ފިޠުރު އީދުގެ ކުޅިވަރު ކުލަގަދަކޮށް ހިތަދޫގައި ފާހަގަކޮށްފި އެވެ.

ހިތަދޫ ޖަމިއްޔާއެއް ކަމަށްވާ އެމްސީ ޔުނައިޓެޑްއިން އިންތިޒާމްކޮށްގެން ބޭއްވި ކުޅިވަރު ހަރަކާތުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ އެ ޖަމިއްޔާ އާއި ފުލުހުން ގުޅިގެން ނެރުނު ބޮޑު މަހަށެވެ.

މިއަދު ހަވީރު ބޯދުމަސް ދުއްވުން އޮތީ ހިތަދޫ ބޮޑު މަގުގައެވެ. ބޮޑު މަސް ދުއްވާ މަންޒަރު ބަލަން ނިކުތް ރައްޔިތުން ވަނީ ބޮޑު މަހާއި އެކު ހިތަދޫ ސްޓޭޑިއަމަށް ގޮސް ފޮޓޯ ނަގާފައެވެ.

އެމްސީ ޔުނައިޓެޑްއިން ބުނީ އެޖަމިއްޔާގެ އީދު ހަރަކާތް މިއަދު ފެށިގެން ދިޔައީ ހިތަދޫ މާކިޅި މައިޒާންގައި ބޭއްވުނު ހެނދުނުގެ ސައިފޮދުން ކަމަށެވެ.

މިއަދުގެ އީދު ނަމާދުގެ ބޮޑު ޖަމާއަތް އައްޑޫ ސްޓޭޑިއަމްގައި ނިންމާލުމަށްފަހު އެތައް ބަޔަކު ވަނީ އީދު ސައިފޮދުގައި ބައިވެރިވެފައެވެ.