Last Updated: April 19, 22:45
Friday, April 19, 2024
ދުނިޔެ

އަންހެނަކު ދުއްވި ކާރެއް އެކްސިޑެންޓުވެ ހަ މީހަކު ޒަޚަމްވެއްޖެ

އިނގިރޭސި ވިލާތުގެ ނިއުކާސަލްގައި ބަރަކާތްތެރިވެގެންވާ ފިތުރު އީދު ނަމާދުކޮށްގެން ދިޔަ މުސްލިމުންގެ ތަކެއްގެ ގައިގައި ކާރަކުން ޖެހި އެކްސިޑެންޓެއް ހިނގައި 6 މީހަކު ޒަޚަމްވެއްޖެއެވެ.

އިނގިރޭސި ނޫހެއް ކަމަށްވާ "ދަ އިންޑެޕެންޑެންޓު" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކާރު ދުއްވަން ހުރީވެސް އީދު ނަމާދުކޮށްގެން ދިޔަ އަންހެނެއް ކަމަށެވެ. އެސަރަހައްދުގައި ހަރަކާތްތެރިވި މީހުން ބުނެފައިވާ ގޮތުގައި އެކްސިޑެންޓު ހިނގާފައިވަނީ އަންހެން މީހާއަށް ކާރު ކޮންޓްރޯލް ނުވެގެން ކަމަށާއި އޭނާ ވަނީ އެއީ އެކްސިޑެންޓެއް ކަމަށް ބުނެފައެވެ.

ނަމަވެސް އިނގިރޭސި ފުލުހުން ވަނީ މިހާރު 42 އަހަރުގެ އަންހެން މީހާ ހައްޔަރުކޮށްފައެވެ. ފުލުހުންނާ ހަވާލާދީ އިންޑެޕެންޑެންޓުން ވަނީ އަންހެން މީހާ އީދު ނަމާދުގައި ބައިވެރިވިކަން ކަށަވަރުކޮށްފައެވެ.

މިއެކްސިޑެންޓުގައި 6 ކުޑަކުއްޖަކަށްވެސް ވަނީ އަނިޔާވެ ހޮސްޕިޓަލަށް ގެންދެވިފައެވެ. ޚަބަރު ލިބޭ ގޮތުގައި 8 އަހަރުގެ ތުއްތު ފިރިހެން ކުއްޖަކު އޮތީ ސީރިއަސް ހާލަތުގައެވެ.