Last Updated: March 29, 10:16
Friday, March 29, 2024
ކުޅިވަރު

ޗެލްސީން ރެކޯޑް ފީއަކަށް ބަކަޔޯކޯ އާއި ސެންޑްރޯ ގެންނަނީ؟

ސީޒަން ނިމި ޓްރާންސްފާ ސީޒަނުގެ ދުވަސްތައް ކުރިއަށްދާއިރު މިހާރު އެންމެ ގަދަޔަށް ދެކެވެމުންދާ ވާހަކައަކީ ޗެލްސީއިން ރިކޯޑު އަދަދަކަށް މޮނަކޯގެ ބަކަޔޯކޯއާއި ޔުވެންޓަސްގެ އެލެކްސް ސާންޑްރޯ ލަންޑަނަށް ގެންނަން އުޅޭ ވާހަކައެވެ.

ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ކޮންޓްރެކްޓު އާކޮށްފައިވާއިރު އޭނާގެ އަމާޒަކީ އަންނަ ސީޒަނުގަވެސް ތަށި ޗެލްސީގައި ބެހެއްޓުމެވެ. އަދި އެ ލަނޑުދަނޑި ހާސިލުކުރުމަށް ޗެލްސީގެ މެނޭޖްމަންޓުވެސް އޮތީ ތައްޔާރަށެވެ.

ޚަބަރު ލިބޭ ގޮތުގައި ޗެލްސީއިން ޔުވެންޓަސްއަށް 61 މިލިއަން ޕައުންޑުގެ އަގެއް ވަނީ ސާންޑްރޯއަށް ހުށައަޅާފައެވެ. މި ޓްރާންސްފާ ކުރިއަށް ގޮސްފިނަމަ ސާންޑްރޯ ވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރަށެވެ.

އަދި ފްރާންސުގެ މޮނަކޯގެ މިޑްފީލްޑަރު ޓިއެމޫ ބަކަޔޯކޯ ގެނައުމަށް ޗެލްސީ އިން ވަނީ 37 މިިލިއަން ޕައުންޑު ހުށައަޅާފައެވެ. އިނގިރޭސި މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ޑީލު އޮތީ ގާތްގަނޑަކަށް ނިމިފައެވެ. ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ބަކަޔޯކޯ ޗެލްސީއަށް ސޮއި ކުރުމަކީ ގާތް ކަމެއް ކަމަށް ޑެއިލީ މިރާއިން ރިޕޯޓުކޮށްފައިވެއެވެ.