Last Updated: April 25, 16:55
Thursday, April 25, 2024
ޚަބަރު

ޔާމީނަކީ އަޅުގަނޑުމެންގެ ޖާނީ ދުޝްމަނެއް ނޫން: މުސްތަފާ

ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ.

ރައީސް އަބްދުﷲ ޔާމީނަކީ އަޅުގަނޑުމެންގެ ޖާނީ ދުޝްމަނެއް ނޫން ކަމަށާއި ދެކޮޅު ހަދަނީ އެމަނިކުފާނުގެ ނޭއްގާނީ ސިޔާސަތުތަކަށް ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ މިހެން ވިދާޅުވެފައިވަނީ އިއްޔެ ރައީސުލް ޖުމުހޫރިއްޔާގެ ދެކަނބަލުންނާއި އީދު ސަލާން ކުރެއްވުމަށްފަހު ގިނަ ބަޔެއްގެ ފާޑުކިޔުންތައް މުސްތަފާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އޭގެ ފަހުން މުސްތަފާ ވަނީ ރޭ ރައީސްއާއެކު އީދު ސަލާން ކުރައްވާ ފޮޓޯ އެއް ޓުވިޓާގައި ޝާއިއު ކުރުމަށްފަހު ސިޔާސީ ގޮތުން ހައްޔަރު ކޮށްފައިވާ މީހުން ދޫކޮށްލުމަށް ރައީސްއަށް ގޮވާލާފައެވެ.

އެމްޑީޕީ ޓިކެޓުގައި ތިމަރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވުމަށްފަހު މުސްތަފާ ވަނީ ޕީޕީއެމްއަށް ސޮއި ކުރައްވާފައެވެ. ނަމަވެސް ދާދި އަވަހަށް މުސްތަފާ ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔަން ފަށާފައެވެ. ޕީޕީއެމް ދެބައިވެ ރައީސް މައުމޫން ރައީސް ޔާމީނަށް ކުރެއްވި ސަޕޯޓު ނަންގަވައި އެއްކައިރި ވެލެއްވުމުން މުސްތަފާ ވަނީ ރައީސް މައުމޫނަށް ބައިއަތު ހިފާފައެވެ.