Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ބީއެމްއެލްގެ ނަމުގައި އަނެއްކާ ވެސް އޮޅުވާލައިގެން ފައިސާ ހޯދަނީ

ފޮޓޯ: ދި އިންޑިޕެންޑެންޓް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް ) އިން ކުރިއަށް ގެންދާ ޕްރޮމޯޝަނެއްގެ ނަމުގައި އެކައުންޓުގެ މައުލޫމާތު ހޯދައިގެން ފައިސާ ފޮނުވުމަށް އެދެމުންދާ މައްސަލަ އަނެއްކާވެސް ފެންމަތިވެފައިވާ ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.

ބީއެމްއެލް އިން ކުރި ޓުވީޓެއްގައި ކަސްޓަމަރުންގެ ފަރާތުން މިފަދަ ކޯލްތަކަށް ރައްކާތެރި ވުމަށް ވަނީ ތަކުރާރުކޮށް އެދިފައެވެ. އަދި އީމެއިލް އެކައުންޓުތަކުގެ މައުލޫމާތު ހިއްސާ ނުކުރުމަށާއި އެއްވެސް ހާލަތެއްގައި މިފަދަ ކަންކަމުގައި ގުޅާ ފަރާތްތަކާއި ފައިސާގެ މައުލޫމާތެއް ނުކުރުމަށް ބޭންކުން ވަނީ އެދިފައެވެ.

އީމެއިލް މެދުވެރިކޮށް އިންޓަނެޓް ބޭންކިންގ ގެ ޕާސްވޯޑު ހޯދުމަށް މަސައްކަތް މީގެކުރިން ވެސް މަސައްކަތް ކޮށްފައިވާއިރު އެފަދަ މައުލޫމާތެއް ބޭންކުގެ ނަމުގައި ބުނެގެންވެސް ހިއްސާ ނުކުރުމަށް ކަސްޓަމަރުންގެ ކިބައިން ބޭންކް އޮފް މޯލްޑިވްސް އިން ވަނީ އެދިފައެވެ.

ރާއްޖޭގައި އޮޅުވާލައިގެން މީހުންގެ އެކައުންޓުން ފައިސާ ވަގަށް ނެގުމާއި ރީލޯޑް ހޯދުން ފަދަ ކަންތައް ދަނީ ފަހަކަށް އައިސް އާންމުވަމުންނެވެ.