ސްރީ ލަންކާގެ ޔޫރޯ އޮޕްޓިކްގެ އައި ކޭމްޕެއް އަންނަ މަހު ސ. ހިތަދޫގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އައި ކޭމްޕް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާޗް 7-14 އަށެވެ. އައި ކޭމްޕްގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އެޕޮއިންޓް ހެދުމަށް ގުޅަން ޖެހެނި 7691653 އަށެވެ. އެޕޮއިންޓްމަންޓް ހެދުމަށް ގުޅަން ޖެހެނީ ހެނދުނު 8:00 އިން ހަވީރު 16:00 އަށެވެ.
އަދި ކޭމްޕާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ގުޅަން ޖެހޭ ނަންބަރަކީ 7792925 އެވެ. މި އައި ކޭމްޕް ކުރިއަށް ދާނީ ހިތަދޫ ފެންތިލަަައިގަ އެވެ.
ޔޫރޯ އޮޕްޓިކުން ބުނީ ކޭމްޕްގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމާއި ލޮލުގެ ނަންބަރު ހިލޭ ނަގައި ދޭނެ ކަމަށެވެ.
މީގެ އިތުރުން ނަންބަރު އައިނު ހެޔޮ އަގުގައި ހަދައި ދިނުމާއި ތަފާތު ބްރޭންޑްތަކުގެ އަވި އައިނު ހެޔޮ އަގުގައި ލިބުމުގެ އިތުރަށް ހެޔޮ އަގެއްގައި ކޮންޓެކްޓް ލެންސާއި ނަންބަރު ނަގާތާ 24 ގަޑި އިރު ތެރޭގައި އަައިނު ހަދައި ދޭނެ ކަމަށެވެ.