Last Updated: March 28, 21:55
Thursday, March 28, 2024
މުނިފޫހިފިލުވުން

ކާޖޮލްގެ ދެވަނަ ތަމަޅަ ފިލްމްގެ ޓްރެއިލާ ދައްކާލައިފި

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކާޖޮލް މުހިއްމު ރޯލެއް ކުޅެފައިވާ ތަމަޅަ ފިލްމް ވެއްލައި އިއްލަ ޕައްޓަދާރީ 2 (ވީއައިޕީ 2) ގެ ފުރަތަމަ ޓްރެއިލާ ދައްކާލައިފި އެވެ.

ހިންދީ ބަހުން ޑަބްކޮށްގެން ވެސް ފިލްމް ރިލީޒް ކުރާނެ އެވެ

މި ފިލްމަކީ "ކޮލަވަރީ ޑީ" ލަވަ ކިޔައިގެން ބޮޑު މަޝްހޫރު ކަމެއް ހޯދި ސައުތު އިންޑިއާގެ ބަތަލު ދަނޫޝް ލީޑް ރޯލް ކުޅެފައިވާ ފިލްމެކެވެ. ފިލްމްގެ ސްކްރީންޕްލޭ ވެސް ލިޔުނީ އެވެ. ދަނުޝް ވަނީ ހިންދީ ފިލްމް "ރާންޖަނާ" އާއި "ޝަމީތާބް" ވެސް ކުޅެފަ އެވެ.

"ވީއައިޕީ " ގައި ކާޖޮލް ފެނިގެން ދާނީ ވަރަށް ނުފޫޒު ގަދަ އަންހެން ވިޔަފާވެރިއެއްގެ ރޯލުންނެވެ. މިއީ 2015 ގައި ރިލީޒް ކުރި "ދިލްވާލޭ" އަށް ފަހު ކާޖޮލް ފެނިގެންދާ ފުރަތަމަ ފިލްމެވެ.

ކާޖޮލް މީގެ 20 އަހަރު ކުރިން ވެސް ވަނީ ތަމަޅަ ފިލްމެއް ކުޅެފަ އެވެ. އެއީ އަރްވިންދް ސްވާމީ އާއި ޕްރަބޫދޭވާއާ އެކު ކުޅުނު "މިންސަރަ ކަނަވޫ" އެވެ.

"ވީއައިޕީ 2" ޑައިރެކްޓްކޮށްފައި ވަނީ ދަނުޝްގެ އަންހެނުން ސައުންދަރިޔާ ރަޖްނީކާންތު އެވެ. އެއީ މަޝްހޫރު އެކްޓަރު ރަޖްނީކާންތުގެ އަންހެން ދަރިއެކެވެ.

"ވީއައިޕީ 2" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 28 ގަ އެވެ.