Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ހުޅުދު އާއި މީދޫ އައުޓްޑޯ ޖިމް ސެޓް ބަހައްޓަން އެސްޓާން އަށް

ހުޅުދު އާއި މީދޫގައި އައުޓް ޑޯ ޖިމްސެޓުތައް ބަހައްޓަން އައްޑޫ ސިޓީ ކައުންސިލުން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އެ މަސައްކަތް މި މަހުގެ 22 ވަނަ ދުވަހު ހަވާލުކޮށްފައި ވަނީ އެސްޓާން އައްޑޫ އިންވެސްޓްމެންޓާ އެވެ.

އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވި މެނެޖިން ޑިރެކްޓަރު އަހުމަދު ނަސީރެވެ. ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތަކުގައި ވެސް ޖިމް ސެޓް ބެހެއްޓީ އެ ކުންފުނިންނެވެ.

ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެން ފޭދޫ، މަރަދޫފޭދޫ، މަރަދޫ އަދި ހިތަދޫގައި އައުޓްޑޯ ޖިމް ސެޓް މިދިޔަ އަހަރުގެ ތެރޭގައި ބަހައްޓައި މިހާރު އަންނަނީ ބޭނުން ކުރަމުންނެވެ.

ކައުންސިލުން ބުނީ ހުޅުދު އާއި މީދޫގައި ޖިމްސެޓްތައް ބަހައްޓާނެ ތަންތަން ވެސް މިހާރު ވަނީ ކަނޑައަޅައިފަ އެވެ.

ކައުންސިލުން ވަނީ އައްޑޫގެ ތިން އަވަށެއްގައި ފަތާ ޓްރެކް ވެސް އަޅައިފަ އެވެ. އެއީ ހިތަދު އާއި މަރަދޫގެ އިތުރުން ހުޅުދޫގަ އެވެ.