Last Updated: June 23, 06:08
Tuesday, June 23, 2026
ކުޅިވަރު

ޗެލްސީގެ މަޓިޗް މެންޗެސްޓާ ޔުނައިޓެޑާ ގުޅެނީ؟

އިނގިރޭސިވިލާތުގެ ޗެލްސީއަށް ކުޅެމުން އަންނަ 28 އަހަރުގެ ސާބިއާގެ މިޑްފީލްޑަރު ނިމާންޖާ މަޓިޗް މެންޗެސްޓާ ޔުނައިޓެޑާއި 40 މިލިއަން ޕައުންޑުގެ އަގަކަށް ގުޅެން އުޅޭ ކަމުގެ އަޑުތައް ގަދަވާން ފަށައިފިއެވެ.

އިނގިރޭސި މީޑިޔާގައި މަޓިޗް އޭނާގެ ކުރީގެ ކޯޗު ޖޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން އަންނަ ސީޒަނުގައި ކުޅުމަށް ނިންމައި، ދެޓީމުގެ ދެމެދުގައި އެއްބަސްވުމަކަށް އައުމާއި ގާތަށް އައިސްފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މޮނަކޯގެ ބަކޮޔޯކޯ ގަތުމާއި ޗެލްސީއިން ކައިރިވެފައިވާއިރު މަޓިޗް ދޫކޮށްލުމަކީ ކައިރި ކަމެކެވެ. ނަމަވެސް އަގު ހެޔޮކޮށް މަޓިޗް ދޫކޮށްލާކަށް އެމީހުން ބޭނުމެއް ނުވެއެވެ.

އިނގިރޭސި ރިޕޯޓަރުން ގަބޫލުކުރާ ގޮތުގައި ދެން އެންމެ އަވަހަށް ޔުނައިޓެޑާއި ގުޅޭނީ މަޓިޗްއެވެ. މަޓިޗް ވެގެންދާނީ މިސީޒަނުގައި ޔުނައިޓެޑާއި ގުޅުނު ދެވަނަ ކުޅުންތެރިޔާއަށެވެ. ބެންފީކާގެ ވިކްޓާ ލިންޑެލޯފް ވަނީ ޖޫން މަހުގެ ކުރީކޮޅު ޔުނައިޓެޑަށް ސޮއިކޮށްފައެވެ.