Last Updated: June 11, 17:05
Thursday, June 11, 2026
ޚަބަރު

ހިތަދޫ އަލަ އޮޅެއްގެ ތެރެއިން މަސްތުވާތަކެތި!

ހިތަދޫ އަލަ އޮޅެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތި. ފޮޓޯ/ ޕޮލިސް

އައްޑޫ ސިޓީގައި ކުރިއަށް ގެންދާ "އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަންގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 67 ސެލޯފިންކޮޅު ފުލުހުން ހޯދައިފި އެވެ.

މިތަކެތި ފުލުހުން ހޯދާފައި ވަނީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެން ހިތަދޫ މައިލޯ ދަނޑާ ދިމާލުގައި އޮންނަ އަލަ އޮޅެއްގެ ތެރެއިން މި މަހުގެ 26 ވަަނަ ދުވަހުގެ ދަންވަރު 01:06 އެހާކަށްހާ އިރު ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ އާ ގުޅިގެން ތުހުމަތު ކުރެވޭ އެއްވެސް ފަރާތެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިނުވާ އިރު ތުހުމަތު ކުރެވޭ ފަރާތްތައް ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.