މިއަދު މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް(ޓޮމް) ފިޝެރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީގެ އިސްތިއުފާއަށް ގޮވުމުން މިނިސްޓަރު ޓޮމްއަށް ރައްދު ދިނުމުގެ ބަދަލުގައި ޓުވީޓާގައި ހިނިތުންވެލާ އިމޯޖީއެއް ޕޯސްޓުކޮށްފިއެވެ.
ފޭސްބުކް މެދުވެރިކޮށް ޓޮމް ވަނީ ރައްޔިތުންނަށް ފައިދާކުރާނީ މިވަގުތު މިނިސްޓަރު ކަމުން ޝައިނީ އިސްތިއުފާ ދެއްވުމުން ކަމަށް ދާއިރާގެ ރައްޔިތުން ދެކޭތީ އިސްތިއުފާއަށް ގޮވާ ކަމަށް ބުނެފައެވެ.
އަދި ސިޔާސަތުތައް ތަންފީޒުނުވާ ވާހަކައާއި އެކު ޓޮމް ވަނީ ޝައިނީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެހެންނަމަވެސް ޓޮމްގެ ފާޑުކިޔުންތަކަށް ރައްދު ދިނުމުގެ ބަދަލުގައި ޑރ. ޝައިނީ ނިންމެވީ އެއްވެސް އެއްޗެއް ނުބުނެ އިމޯޖީއަކުން މެސެޖެއް ފޮނުވާލުމަށެވެ.
https://twitter.com/RahoooStar/status/879626091064836098
ސަރުކާރަށް ތާއީދު ކުރާ މެމްބަރަކު ރައީސް ޔާމީނާއި އެންމެ ގާތުން މަސައްކަތް ކުރާ ވަޒީރަށް މިފަދަ ބަހުގެ ހަމަލާއެއް ފޮނުވުމުން ގިނަ ބަޔަކު ތިބީ ހައިރާން ކަމެއްގެ ތެރޭގައެވެ. އަދި ޝައިނީ މިކަމާއި ގުޅިގެން ދޭނެ ޖަވާބަކަށްވެސް ގިނަ ބަޔަކު ވަނީ އިންތިޒާރުކޮށްފައެވެ.
ނަމަވެސް އިމޯޖީއަކުން ޓޮމްއަށް ރައްދު ދިނުމުގެ މަގުސަދަކީ ކޮބައިތޯ ގިނަބަޔަކު ވަނީ ސޯޝަލް މީޑިޔާގައި މިނިސްޓަރާއި ސުވާލުކޮށްފައެވެ.