Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

ބިޔަރު ދަޅުތަކަކާ އެކު މީހަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ބިޔަރު ދަޅާއެކު ރޭ ކ.މާފުށިން 40 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރިއިރު 15 ދަޅު ބިޔަރު ވަނީ ފެނިފައެވެ.

ހައްޔަރ ކުރި މީހާގެ އިތުރު ތަފްސީލެއް ފުލުހުން ދީފައިނުވާއިރު އޭނާގެ ބަންދުގެ މުއްދަތު މިހާރު ކ. މާފުށި މެޖިސްޓްރޭޓް ކޯޓުން ވަނީ 13 ދުވަހަށް އިތުރުކޮށްފައެވެ.

ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ މާފުށީ ބަނދަރު މަތިންނެވެ. ފިތުރު އީދުގެ ޗުއްޓީއަށް ގިނަ ބަޔަކު މާލެއާއި ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކޮށްފައިވާއިރު މާލެ ކައިރީގައި އޮންނަ މާފުށްޓަށްވެސް ގިނަ ބަޔަކު ވަނީ ޗުއްޓީ ހޭދަކޮށްލުމަށް ދަތުރުކޮށްފައެވެ.