Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

މައިލޯ ވިމެންސް ކޮޅަށް ހަބޭސް 11 ލަނޑު ޖަހައިފި

ވީބީ ގޯދިއްޔާ ވިމެންސް ފުޓްސަލް ކަޕް 2017 ގެ މިރޭ ކުޅުނު ފުރަތަމަ މެޗު 0-11 ގެ ބޮޑު ނަތީޖާއިން އެފްސީ ހަބޭސް މައިލޯ ވިމެންސްގެ މައްޗަށް ކުރި ހޯދައިފިއެވެ.

ހަބޭސްގެ ފަރާތުން މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެޓީމުން ވަނީ މެޗުގެ ފުރަތަމަ ހާފުގައި 6 ލަނޑު ޖަހާފައެވެ. ދެވަނަ ހާފު މުޅިން ކޮންޓްރޯލުގައި އޮވެ ނިކުމެ ހަބޭސް ޓީމު ވަނީ އިތުރު ފަސް ލަނޑު ކާމިޔާބުކޮށް މެޗު ޔަގީން ކޮށްފައެވެ.

ހަބޭސް ޓީމުން މިރޭ ތިން ކުޅުންތެރިޔަކު ވަނީ ކޮންމެ ކުޅުންތެރިޔަކަށްވެސް ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އެއީ ސަފިއްޔާ ރަފާ، އައްޒާ އަލީ އަދި އަމާނީ ޝަރީފްއެވެ. ހަބޭސްގެ ބާކީ ލަނޑުތައް ޖަހާދީފައިވަނީ ފާތިމަތް ނަވާ ޝަޒީ، މަރިޔަމް ފަލަކް، ފިރްޒާ ރަޝީދު އަދި އައިޝަތް ޝަހުޒާނާއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ހަބޭސްއަށް މިރޭގެ މެޗުގެ ދެލަނޑު ކާމިޔާބުކޮށް، މޮޅު ކުޅުމެއް ދެއްކި ސަފިއްޔާ ރަފާއެވެ.