Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

މަލްޑިނީގެ ޓެނިސް ކެރިއަރު ފަށަަން ޖެހުނީ ބައްޔަކުން

ފުޓުބޯޅައިގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރު، އިޓަލީގެ ޕައޮލޯ މަލްޑިނީ ޕްރޮފެޝަނަލް ޓެނިސް ކެރިއަރު ފަށާފައިވާއިރު އޭނާގެ ފުރަތަމަ މެޗުން ބަލިވެއްޖެ އެވެ.

އަސްޕްރިއާ ޓެނިސް ކަޕް (މިލާން އޯޕަން) ގެ ފުރަތަމަ ބުރުން މަލްޑިނީ ވަނީ ބަލިވުމާއިއެކު ކަޓާފައެވެ. ފުރަތަމަ ފަހަރަށް މިފަދަ މުބާރާތެއްގައި ވާދަކުރި މަލްޑީނީ ބަލިވެފައިވަނީ އޭނާ ޓެނިހަށް ތައާރަފްކުރި ސްޓެފާނޯ ލަންޑޮނިއޯ އާއެކު ކުޅުނު ޑަބަލްސް މެޗެއްގައެވެ.

މަލްޑީނީ އާއި ލަންޑޯނިއޯ ބަލިކޮށްފައިވަނީ ޕޮލެންޑުގެ ތޯމަސް ބެޑްނަރެކާއި ހޮލެންޑުގެ ޑޭވިޑް ޕެލްގެ ޕެއާއާ ވާދަކޮށް 6-1 އަދި 6-1 އިންނެވެ. ލަންޑޯނިއޯއަކީ މަލްޑީނީ ގެ ކޯޗުވެސްމެއެވެ.

ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުމުން މަލްޑީނީ ރިޓަޔާ ކުރީ 2009 ވަނަ އަހަރުގައެވެ. އޭނާ ރިޓަޔާކުރިއިރު އޭސީ މިލާނާއެކު ޗެމްޕިއަންސް ލީގު 5 ފަހަރު ކާމިޔާބުކޮށްފައިވާއިރު 7 ލީގު މެޑަލް ހޯދާފައެވެ.