Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

މަރަދޫ ވިމެންސް, ޒެފިއާ ބަލިކޮށްފި

ގޯދިއްޔާ ވިމެންސް ފުޓްސަލް ކަޕް 2017 ގެ ރޭ ކުޅުނު ދެވަނަ މެޗު އެފްސީ ޒެފިއާ ވާދަކޮށް މަރަދޫ ވިމެންސް ކާމިޔާބުކޮށްފި އެވެ.

މިމެޗު މަރަދޫ ކާމިޔާބުކޮށްފައި ވަނީ 0-4 އިން އެފްސީ ޒެފިއާގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މަރަދޫ ވަނީ ލީޑު ނަގައި މެޗުގެ ކޮންޓްރޯލް ނަގާފައެވެ.

ފުރަތަމަ ހާފު 0-1 އިން މަރަދޫ ކުރީގައި އޮވެ ނިމިފައިވާއިރު ދެވަނަ ހާފުގައި އެޓީމު ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މަރަދޫ ޓީމު ވަނީ ފަހު ހާފުގައި ޒެފިއާކޮޅަށް އިތުރު ތިންލަނޑު ޖަހައި ތިން ޕޮއިންޓު ޔަގީން ކޮށްފައެވެ.

ރޭގެ މެޗުގައި މަރަދޫ ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްފައިވަނީ ފާތިމަތް ނިސްރީން، މަރިޔަމް ޝަފާ، މަލްހާ އަހުމަދު އަދި ފާތިމަތް ނާހީއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މަރަދޫ ވިމެންސްގެ ޖާޒީ ނަމްބަރު 7، މަލްހާ އަހުމަދެވެ.