އިންޖީނަކަށް ދިމާވި މައްސަލައަކާއި ގުޅިގެން އައްޑޫގެ ގުޅިފައިވާ ހަތަރު ރަށުން ކަރަންޓު ކަނޑަން ފެނަކަ ކޯޕަރޭޝަނުން ނިންމައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓު ކަނޑަން ފަށާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އެގޮތުން އައްޑޫގެ ގުޅިފައިވާ ހަތަރު ރަށުންވެސް އެކި ގަޑިތަކުގައި ކަރަންޓު ކަނޑާފައިވެއެވެ.
ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކޮންމެ ރަށެއްގައިވެސް މިއަހަރު ނިމޭއިރަށް ބެކަޕް ޖެނެރޭޓަރު ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުގެ އެމްޑީ، ޝަރީފު ވަނީ މިއަދު ވިދާޅުވެފައެވެ.
އިއްޔެ ރ. އަލިފުށި އަދި ގ.ދ ނަޑެއްލާގެ އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަރަންޓު ކަނޑަން ޖެހިފައިވެއެވެ. އަލިފުށިން އިއްޔެ ހެނދުނު ކަރަންޓު ކެނޑިގޮތަށް އިރު އޮއްސެމުން ދަނިކޮށް ކުޑަ ވަގުތުކޮޅަކަށް ކަރަންޓު ދިނުމަށްފަހު އަނެއްކާވެސް ކަނޑާލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.