Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

ރާއްޖޭގެ ބާޒާރުގައި ޕްލާސްޓިކް ބިހެއް ނޫޅޭ: އެމްއެފްޑީއޭ

މާރުކޭޓުން ބިސް ގަންނަނީ: ފޮޓޯ-ވީނިއުސް

ރާއްޖޭގައި ވިއްކަމުންދާ ބައެއް ބިހަކީ ޕްލާސްޓިކު ބިސް ކަމަށް ބައެއް ނޫސް ތަކުން ރިޕޯޓުކޮށްފައި ވަނިކޮށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެކަން ދޮގުކޮށްފިއެވެ.

ބާޒާރުން ގަންނަން ލިބޭ ބިހުގެ ވަހާއި ކުލަ ތަފާތުކަމަށް ފާހަގަކުރެވޭ ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިޔާގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިމައްސަލައާއި ބެހޭގޮތުން ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސައިންޓިފިކް އޮފިސަރާއި ހަވާލާދީ "ސަން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބިހުގައި މައްސަލައެއް ނުޅޭއެވެ.

ބިހުގެ ކުލައާއި ވަހަށް ބަދަލު އައުމަށް މެދުވެރިވަނީ ބިސް ސްޓޯ ކުރުމުގައި ދިމާވާ ކަންތަކުން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އެގޮތުން ފިނިހޫނުމިނަށް އަންނަ ބަދަލުގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށް ލަފާކުރެވޭ ކަމަށް އޭނާ އިތުރުކޮށްފައިވެއެވެ.

އެހެން ނަމަވެސް ބިހުގެ މައްސަލާގައި އާންމުންގެ ޝަކުވާ ލިބެމުންދާތީ އިތުރަށް ޓެސްޓުކޮށް މައްސަލައެއް ހުރިތޯ ބަލަމުންދާ ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ވިދާޅުވެފައިވެއެވެ.