Last Updated: May 13, 20:21
Monday, May 13, 2024
ކުޅިވަރު

ބްރާވޯގެ ހުށިޔާރުކަމުން ޗިލީ ފައިނަލަށް

ފީފާ ކޮންފެޑެރޭޝަންސް ކަޕުގެ ސެމީ ފައިނަލުގައި ޕޯޗުގަލް އާއި ޗިލީ ބައްދަލުކުރި މެޗު ޕެނަލްޓީ ޖަހައިގެން ޗިލީ ކާމިޔާބުކޮށްފިއެވެ.

މުޅި މެޗުގައިވެސް ދެޓީމުގެ ފަރާތުން ވާދަވެރި، މޮޅު ކުޅުމެއް ދައްކާފައިވާއިރު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ލަނޑެއް ޖެހިފައެއްނުވެއެވެ. ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެހާފު ކުޅެގެންވެސް ގޯލެއް ނުފެނުމުން ދިޔައީ ޕެނަލްޓީއަށެވެ.

ޕެނަލްޓީގައި ޕޯޗުގަލްގެ ޖައޮ މާޓީނިއޯ، ކުއަރެސްމާ އަދި ނަނީގެ ޕެނަލްޓީވެސް ބްރާވޯ މަތަކޮށްފައިވާއިރު ޗިލީ ވަނީ ފޮނުވާލި ތިން ހުރިހާ ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

ކޮންފެޑެރޭޝަންސް ކަޕުގެ ފައިނަލުގައި ޗިލީ ވާދަކުރާނީ ޖަރުމަނީ އާއި މެކްސިކޯ ކުޅޭ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.