Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

މަރަދޫގައި އެކްސިޑެންޓެއް ހިނގައިފި

އެކްސިޑެންޓުވި ސައިކަލު: ފޮޓޯ-ކިޔުންތެރިއެއް

އައްޑޫ ސިޓީގެ މަރަދޫ ބޮޑުމަގުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

އެކްސިޑެންޓުވި ސަރަހައްދުގައި ފުލުހުން މިހާރު ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ މަރަދޫ މީހަކަށެވެ.

އެކްސިޑެންޓުގައި އަނިޔާވި މީހާގެ އަތަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް މަންޒަރު ދުށްފަރާތަކުން "އައްޑޫލައިވް" އަށް މައުލޫމާތު ދީފައިވެއެވެ. އޭނާއަށް މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް އިތުރު ފަރުވާއަށް ވަނީ ގެނެވިފައެވެ.

މިހާދިސާގައި ކާރަށް ބޮޑު ގެއްލުމެއް ލިބިފައި ނުވި ނަމަވެސް ސައިކަލަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ.

ފަހަކަށް އައިސް އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓް ހިނގުން މިވަނީ އިތުރުވެފައެވެ. ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވުމުގެ ސަބަބުން ކޮންޓްރޯލް ގެއްލިގެންނެވެ.

އެކްސިޑެންޓް މަދުކުރުމަށް އަދި މިހާތަނަށް ކުރެވޭ ކަމަކީ ކަމާއި ބެހޭ ފަރާތްތައް މަޝްވަރާ ކުރުމާއި ޓްރެފިކް އޮޕަރޭޝަން ހިންގައި އާއްމުން ޖުރިމަނާ ކުރުމެވެ.