Last Updated: June 23, 06:08
Tuesday, June 23, 2026
ކުޅިވަރު

ޑެފޯ ބޯންމައުތްއަށް ބަދަލުވެއްޖެ

ނިމިގެންދިޔަ ޕްރިމިއާ ލީގު ސީޒަނުގެ ތާވަލުގެ ފުލުގައި ނިންމާލަން ޖެހި، ރެލިގޭޓްވެފައިވާ ސަންޑަލޭންޑުގެ ފޯވާޑު، ޖެމެއިން ޑެފޯ ހިލޭ ޓްރާންސްފާއެއްގައި ކުރީގެ ކުލަބު، އޭއެފްސީ ބޯންމައުތަށް ސޮއިކޮށްފިއެވެ.

ޑެފޯ ވަނީ 01-2000 ވަނަ ސީޒަނުގައި ވެސްޓެ ހޭމް ޔުނައިޓެޑުން ލޯނަކަށް ބޯންމައުތްއަށް ކުޅެފައެވެ. އޭނާ ވަނީ ބޯންމައުތްގައި ހޭދަކުރި ސީޒަނުގައި ޖެހިޖެހިގެން 10 މެޗުގައި ލަނޑު ޖަހައި ރަނގަޅު ރެކޯޑެއް ކުލަބުގައި ގާއިމުކޮށްފައެވެ.

ސަންޑަލޭންޑު ޕްރިމިއާ ލީގުން ރެލިގޭޓުވި ނަމަވެސް ޑެފޯ ވަނީ މިދިޔަ ސީޒަނުގައި 15 ގޯލު ލީގުގައި ކާމިޔާބުކޮށްފައެވެ. އޭނާ ބޯންމައުތަށް އަނބުރާ އައުމަށްފަހު ބުނެފައިވަނީ ކުލަބަށް އަނބުރާ އާދެވުމުން އުފާވާ ކަމަށާއި ސަޕޯޓަރުންނަށް ގޯލު ފެންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

މީގެ ކުރިން ޓޮޓެންހަމް ހޮޓްސްޕާސް، ޕޯޓްސްމައުތް، ވެސްޓް ހެމް ޔުނައިޓެޑް އަދި ޗާލްޓަން އިންވެސް ފެނިފައިވާ ޑެފޯ އަކީ ޕްރިމިއާ ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ 7 ވަނަ މަގާމު ހޯދާފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ 468 މެޗުން 158 ލަނޑު ޖަހާފައެވެ.