Last Updated: June 11, 17:05
Thursday, June 11, 2026
ޚަބަރު

އޮކްޓޯބަރު 4 ބްރާސްޓްކާސްޓް ދުވަހަށް

ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހަކީ ރާއްޖޭގެ "ބްރޯޑްކާސްޓް ދުވަސް" ގެ ގޮތުގައި ފާހަގަ ކުރަން ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އިން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

އޮކްޓޯބަރު 4 ބްރޯޑްކާސްޓް ދުވަހުގެ ގޮތުގައި ފާހަގަ ކުރަން ނިންމައި، ޤައުމީ ފެންވަރުގައި ފާހަގަކުރާ ދުވަސްތަކުގެ ތެރޭ ބްރޯޑްކާސްޓް ދުވަސް ހިމަނައިދި ނުމަށް އެދި ރައީސަށް ވެސް އެމްބީސީން ވަނީ ހުށަހަޅާފަ އެވެ.

އެމްބީސީގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ ބްރޯޑްކާސްޓް ދުވަހުގެ ގޮތުގައި ރާއްޖޭގައި ދުވަހެއް ފާހަގަ ކުރަނީ ޑިމޮކްރަސީ އާލާ ކުރުމަށާއި ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓަރުން އަދާކުރާ ދައުރުގެ އަގު ވަޒަންކުރުމުގެ އިތުރުން އެ ސިނާޢަތުގެ ތަރައްޤީއަށް މަގުފަ ހިކުރުމަށް ކަމަށެވެ. ޝަހީބު އަދި ވިދާޅުވީ ބްރޯޑްކާސްޓް ދުވަސް ފާހަގަކު ރާ އިރު ބްރޯޑްކާސްޓަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން އެވޯޑް ދިނުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

އެމްބީސީން ބުނީ ބްރޯޑްކާސްޓް ދުވަސް ފާހަގަކުރަން ނިންމީ އެކަމާ ގުޅޭ ކަރުދާހެއް ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީ އާ ހިއްސާކޮށް އެ ފަރާތްތަކުގެ ލަފަޔާ ވެސް އެކުގައި ކަމަށެވެ. އަދި ބްރޯޑްކާސްޓް ދުވަހުގެ ގޮތުގައި އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަސް ހަމަޖެއްސީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބްރޯޑްކާސްޓް ސިގްނަލެއް ފޮނުވި ދުވަހަކީ އެއީ ކަމަށްވާތީ ކަމަށް ވެސް ޝަހީބް ވިދާޅުވި އެވެ.