Last Updated: July 22, 17:21
Wednesday, July 22, 2026
މުނިފޫހިފިލުވުން

"އިއްތިފާގް" ނޮވެމްބަރު 3 ގައި

ސޮނާކްޝީ ސިންހާ އާއި ސިތާދު މަލްއުތުރާ މުހިއްމު ރޯލްތައް ކުޅެފައިވާ މާޑާ މިސްޓްރީ ފިލްމް "އިއްތިފާގު" އަންނަ ނޮވެމްބަރު މަހުގެ ތިނެއްގައި ރިލީޒް ކުރާ ގޮތަށް ނިންމައި، ފިލްމުގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.

މި ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން އަކްޝަޔޭ ކަންނާ ވެސް ފެނިގެން ދާނެ އެވެ.

"އިއްތިފާގު" އަކީ 1969 ގައި ޔާޝް ޗޯޕްޅާ ޑައިރެކްޓްކޮށް، ރާޖޭޝް ކަންނާ އާއި ނަންދާ ލީޑް ރޯލުން ކުޅެފައިވާ ފިލްމް އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

މި ފިލްމް ޕްރޮޑިއުސްކޮށްފައި ވަނީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަކާއި ޝާހްރުކް ހާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓްގެ އިތުރުން ބީއާރް ސްޓޫޑިއޯ ގުޅިގެން ހަދާފައިވާ ފިލްމެކެވެ.

"އިއްތިފާގު" އަކީ ސޮނާކްޝީ އާއި ސިދާތު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.