ޓެރަރިޒަމް ދައުވާ ސާބިތުވެ 12 އަހަރަށް ޖަލަށް ހުކުމް ކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން ރަމަޟާން މަހަށް ގޭ ބަންދަށް ބަދަލު ކުރުމަށްފަހު އަނބުރާ ޖަލަށް ބަދަލުކުރުމަށް ޑީޕީއާރްއެސްއިން އެގެއަށް ގޮސްފިއެވެ.
Jaluga huttas geyga huttas adhi minvan koh huttas IA alhugadu hunnaanee rahyithunnaa eku.
IA mi azumu nugudaane.— Imran Abdulla (@ShimranAb) June 30, 2017
އިމްރާންގެ މައްޗަށް ޓެރަރިޒަމް ދައުވާ އުފުލާފައިވަނީ 2015 ވަނަ އަހަރުގެ މޭޑޭ މުޒާހަރާގައި ބައިވެރިންނަށް ހަމަނުޖެހުން ހިންގުމަށް ހިތްވަރު ލިބޭ ގޮތަށް އިމްރާން ވާހަކަ ދައްކާފައިވާ ކަމަށް ތުހުމަތުކޮށެވެ. އިމްރާންގެ މައްޗަށް މައްސަލަ ސާބިތުވެ 12 އަހަރަށް ހުކުމް ކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހުގައެވެ.
އިމްރާން ޖަލަށް ބަދަލު ކުރާއިރު ޓެރަރިޒަމް ކުށް ސާބިތުވެ ޖަލަށް ހުކުމް ކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްވެސް ވަނީ މިއަދު ގޭ ބަންދުން ޖަލަށް ގެންގޮސްފައެވެ.
ޝެއިހް އިމްރާން އާއި ނާޒިމް މީގެ ކުރިންވެސް ގިނަ ދުވަސްތަކެއް ވަންދެން ގޭބަންދަށް ބަދަލުކޮށްފައިވެއެވެ.