މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓްތަކަކާއި ފައިސާތަކާ އެކު ހިތަދޫން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުުހުން އައްޑޫގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރޭގައި މަސްތުވާތަކެތި ވިއްކާ ކަމުގެ މައުލޫމާތު ލިބިގެން ހައްޔަރު ކުރި މީހާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ ބޮޑު އެއް ޕެކެޓާއި ތިން ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ އަތުން މަސްތުވާތަކެތި ވިއްކައިގެން ހޯދި ކަމަށް ބެލެވޭ ފައިސާތަކެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެހެން ނަމަވެސް ހައްޔަރު ކުރި މީހާ އާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.