Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

މި ޢަޒުމެއް ނުގުޑާނެ: އިމްރާން

ޖަލުގައި ހުއްޓަސް އަދި ގޭގައި ހުންނެވި ކަމުގައި ވިޔަސް ހުންނަވާނީ ރައްޔިތުންނާއި އެކުގައި ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝެއިޚް އިމްރާން މިގޮތަށް ވިދާޅުވެފައި ވަނީ ކުރެއްވި ޓްވީޓެއްގައެވެ.

"ޖަލުގައި ހުއްޓަސް، ގޭގައި ހުއްޓަސް އަދި މިނިވަންކޮށް ހުއްޓަސް، އިންޝާﷲ އަޅުގަނޑު ހުންނާނީ ރައްޔިތުންނާއި އެކު. (އިންޝާ ﷲ މި ޢަޒުމެއް ނުގުޑާނެ" – ޝެއިޚް އިމްރާން-

2015 ވަނަ އަހަރުގެ މެއިޑޭގައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއާއި ގުޅިގެން ޓެރަރިޒަމްގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާ ޝެއިޚް އިމްރާން މިގޮތަށް ޓްވީޓް ކުރެއްވީ އެބޭފުޅާ ގޭބަންދުން ޖަލަށް ބަދަލުކުރެއްވުމުގެ ކުޑައިރުކޮޅެއް ކުރިންނެވެ.

އިމްރާން ގޭބަންދަށް ބަދަލުކޮށްފައި ވަނީ މެއި މަހުގެ 26 ވަނަ ދުވަހުއެވެ. އޭރު ކަރެކްޝަނަލް އިން ބުނެފައި ވަނީ އިމްރާން ގޭ ބަންދަށް ބަދަލުކޮށްފައިވަނީ ރަމަޟާންމަހުގެ ނިޔަލަށް ކަމަށެވެ.