Last Updated: July 15, 09:40
Wednesday, July 15, 2026
ޚަބަރު

ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި

2015 ވަނަ އަހަރުގެ އޯގަސްޓް މަހު އައްޑޫ އަށް ކުރި ވިއްސާރައިގެ ތެރެއިން. އައްޑޫލައިވް ފޮޓޯ: ޙުސައިން ޒަހީން

ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން ވައިޓް އެލާޓް ނެރެފިއެެވެ.

މިއަދު ހަވީރު 16:30 އިން މިރޭ 22:30 އަށް މި އެލާޓް ނެރެފައިވާއިރު މިވަގުތުތަކުގައި ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. ދެކުނުގެ އަތޮޅުތަކަށް 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހި ކަނޑުތައް ގަދަ ވާނެކަމަށް މައުލޫމާތު ލިބެއެވެ.

އެހެންކަމުން، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމާމެދު އިތުރަށް ސަމާލުވެ ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.