Last Updated: June 23, 06:08
Tuesday, June 23, 2026
ކުޅިވަރު

އަންޑަ-21 ޔޫރޯ ޗެމްޕިއަންޝިޕް ޖަރުމަން ކާމިޔާބުކޮށްފި

ޔުއެފާ އަންޑަ-21 ޗެމްޕިއަންޝިޕް ގެ ފައިނަލުގައި ސްޕެއިން ބަލިކޮށް ޖަރުމަނުވިލާތް ޗެމްޕިއަންކަން ހޯދައިފިއެވެ.

ޖަރުމަނުވިލާތް ސްޕެއިންގެ މައްޗަށް ކުރި ހޯދާފައިވަނީ 0-1 ގެ ނަތީޖާއަކުންނެވެ. ނަމަވެސް ސްޕެއިން ވަނީ މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ސްޕެއިން ޓީމު ކުޅެފައިވާއިރު ހަމަލާވެސް އުފައްދާފައިވެއެވެ.

ނަމަވެސް ގޯލެއް ކާމިޔާބުނުކުރެވެނީސް ޖަރުމަނުވިލާތުން ވަނީ މެޗުގެ 40 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މިޗެލް ވެއިސާ ޖެހި މިގޯލާއެކު ޖަރުމަނަށް ވަނީ މެޗުގެ ކޮންޓްރޯލް ލިބިފައެވެ.

ދެވަނަ ހާފު ޑިފެންސަށް ވިސްނައިގެން ލީޑު ހިފެހެއްޓުމަށް ޖަރުމަނު ނިކުމެފައިވާއިރު ކައުންޓާ އެޓޭކުގައި ސްޕެއިން ޑިފެންސަށް ބާރު ބޮޑު ކޮށްފައިވެއެވެ. އެހެންނަމަވެސް މެޗުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ގޯލެއް ޖެހިފައެއް ނުވެއެވެ.

މިއީ ޖަރުމަނު މިމުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް 5 ގޯލާއެކު ހޮވިފައިވަނީ ސްޕެއިންގެ ސައުލް ނިގޭޒްއެވެ. އަދި މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސްޕެއިންގެ ޑެނީ ސެބަލޮސްއެވެ.