ދިގު މުއްދަތަކަށް ޖަލަށްލާފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބްގެ ބޭސްފަރުވާގެ ކަންކަން ސަރުކާރުގެ ކަމާއި ބެހޭ މުވައްސަސާތަކުން ބައްލަވަން ޖެހޭނެ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ވިދާޅުވެއްޖެ އެވެ.
ނައިބް ރައީސް އަދީބްއަށް ސިއްހީ ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާތީ އެކަންކަމަށް ފަރުވާ ހޯއްދެވުމަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް އަދީބްގެ އާއިލާއިން ކަރެކްޝަންސްއަށް އެދުމުން އެފުރުސަތު ދެވެން ނެތްކަމަށް އާއިލާއަށް ކަރެކްޝަނުން ވަނީ އަންގާފައެވެ.
Adeebge beysfaruvaage kankan muassasaa thakun ballavan jeheyne kamah MP @yaminrasheed vidhaalhuvejje. Thank you MP #AuthorizeMedical4adeeb pic.twitter.com/H7eXuLJxpP
— Nash (@maryam_nashwa) July 1, 2017
ކަރެކްޝަނުން އެގޮތަށް އެންގުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ އަދީބް ބޭސްފަރުވާއަށް ފުރުސަތުދޭން ޖެހޭނެ ކަމަށް ގޮވާލަމުންނެވެ.
އިދިކޮޅު ފަރާތްތަކުން އަދީބްގެ ބޭސްފަރުވާއަށް ގޮވަމުން ދަނިކޮށް ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުންވެސް މިހާރުވެސް ވަކާލާތު ކުރައްވަމުން ދަނީ އަދީބްގެ ބޭސްފަރުވާގެ ކަންކަމަށް ކަމަށާއި، ސަރުކާރުން އެކަން ބައްލަވަންޖެހޭނެކަމަށެވެ. މިއީ ސަރުކާރަށް ނިސްބަތްވާ މެމްބަރަކު އަދީބްގެ ބޭސްފަރުވާގެ ކަންކަމާއި ގުޅިގެން މިފަދަ ވާހަކަތަކެއް ދެއްކެވި ފުރަތަމަ ފަހަރެވެ.
ޔާމީން އަކީ ނައިބް ރައީސް އަހުމަދު އަދީބް ހައްޔަރު ކުރުމާއި ހަމައަށް އެމަނިކުފާނާއި ވަރަށް އަރިސް ބޭފުޅެކެވެ. ޔާމީން މިފަދައިން ވިދާޅުވެފައިވާ އިރު ރޭ ސަންގު ޓީވީން ގެނެސްދިން "ސަންގު ބަހުސް"ގައި ދާންދޫ ދާއިރާގެ މެމްބަރ އަހްމަދު އައްސަދު ވިދާޅުވީ އަދީބް މިނިވަން ކުރެއްވުމަށް ކޮންމެ ކަމެއް ކުރައްވަން ޖެހުނަސް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.
އައްސަދު ވިދާޅުވީ "ތިބޭފުޅުން ވިދާޅުވޭ އަދީބު ދޫކޮށްލާނީ އަސްއަދު މިވެނިކަމެއް ކުރީމައޭ. ބުނި ކޮންމެ ކަމެއް ކޮށްދޭނަން އަދީބު ދޫކުރަން. އެއީ އަޅުގަނޑުގެ އަހު،" ރޭގެ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އައްސަދު ވިދާޅުވިއެވެ.
އަދީބް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވައިފި ނަމަ ފިއްލަވާފާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.