ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ކަނޑުތައް ގަދަވެ، ދަތުރު ކުރާ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތައް އަޅައި ސަމާލުވުމަށް ގައުމީ ދިފާއީ ބާރުން އިލްތިމާސްކޮށްފި އެވެ.
އެމްއެންޑީއެފުން ވަނީ ކަނޑު ދަތުރު ކުރާ ފަރާތްތަކަށް ދަތުރު ފެށުމުގެ ކުރިން މޫސުމާއި ބެހޭ އިދާރާއަށް ގުޅައި، އެންމެ ފަހުގެ މައުލޫމާތު ހޯދައިގެން ނޫނީ ދަތުރު ނުކުރުމަށެވެ.
އަދި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫން ދަތުރުތައް މިދުވަސްވަރު ނުކުރުމަށްވެސް އެމްއެންޑީއެފްއިން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.
ކަނޑުތައް ގަދަވެ ފާއިތުވެ ދިޔަ 12 ގަޑިއިރު ތެރޭގައި އެކަނި ވެސް ކަނޑުމަތީގައި ނުރައްކާތެރި ތިން ހާދިސާއެއް ވަނީ ހިނގައިފަ އެވެ.
މިފަދަ ހާދިސާއެއް ހިނގައިފި ނަމަ ވަގުތުން އެކަން އެންގުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.