Last Updated: June 22, 20:19
Tuesday, June 23, 2026
ޚަބަރު

މާލެ ފަޅުތެރޭގައި އޮތް ލޯންޗެއް އަނދައިފި

ލޯންޗުގައި ރޯވެ އަނދަނީ: ފޮޓޯ- ވަގުތު

މާލެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ވަރަށް ބޮޑަށް އަނދައިފިއެވެ.

ލޯންޗުގައި ރޯވެފައިވަނީ ޖެޓީ ކައިރިއަށް ލެފިތަނާ ބާރު އަޑެއް ގޮވުމަށްފަހުގައެވެ. ލޯންޗުގައި ރޯވުމަށް މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

މަންޒަރު ދުށް ފަރާތްތަކުން ބުނާ ގޮތުގައި ލޯންޗު ރޯވެފައިވަނީ އެއްޗެއް ގޮވުމުގެ ސަބަބުންނެވެ. ގޮވާފައިވަނީ ކޯޗެއް ކަމެއް އެނގިފައިނުވި ނަމަވެސް ބާރުގަދަ އެސަރަހައްދުގައި ތިބި މީހުން މައުލޫމާތު ދީފައިވާ ގޮތުގައި ލޯންޗުގައި ރޯވެފައިވަނީ ގޮވުމަކަށް ފަހުގައެވެ.

މިހާދިސާގައި ލޯންޗު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. ލޯންޗުގައި ތިބި ހަތަރު މީހަކަށް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ. ނަމަވެސް ހަތަރު މީހުންގެ ހާލުވެސް ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.