Last Updated: July 15, 09:40
Wednesday, July 15, 2026
ޚަބަރު

އިއްސެ "މަރާލި" ބިދޭސީންގެ ބަންދަށް 15 ދުވަސް

އިސްމާއިލް އުމަރު މަރުވެފާ އޮއްވާ ފެނުމުން ފުލުހުން އައިސްޕުލާންޓުގައި ހަރަކާތްތެރިވަނީ. އިހަވަންދޫޑޮޓްކޮމް ފޮޓޯ: ލަޔާން އަހުމަދު

ހއ. އިހަވަންދޫގައި ހުންނަ މިފްކޯގެ އައިސް ޕްލާންޓްގެ މެކޭނިކް އިސްމާއިލް އުމަރު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ހަ ބިދޭސީންގެ ބަންދަށް 15 ދުވަސް އިތުރުކޮށްފިއެވެ.

ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މިހަމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު އިސްމާއިލް އުމަރާއި އެކު އައިސް ޕްލާންޓްގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތަކު ވަނީ އިސްމާއިލް އުމަރު މަރާލިކަމަށް އެއްބަސް ވެފައެވެ.

މިމައްސަލައިގައި ކުށްވެރިވާ އެންމެންވެސް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަޤީންކަން ފުލުހުންވަނީ ދީފައެވެ.

ޅ.ހިންނަވަރަށް ނިސްބަތްވާ އިސްމާއިލް އުމަރު މަރުވެފައި އޮއްވާ ފެނުނީ ދެމީހުނަށް ވަދެވޭވަރު ޖާގައެއް ހުންނަ އައިސް ޕްލާންޓްގައި ހުރި ކާނެއްގެ ތެރެއިންނެވެ.