Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވެއްޖެ، ސަމާލުވޭ!

މިދުވަސްވަރު ރާއްޖޭގައި ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ފާއިތުވި ދެތިން ދުވަހު ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވެފައިވާތީ ސާފުތާހިރުކަމަށާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރާ ކަމުގައެވެ.

މީގެ އިތުރުން އޭޑީކޭއިން ކުރި ޓްވީޓެއްގައިވެސް ވަނީ ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވެފައިވާކަމަށް ބުނެފައެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެެކި ކަންކޮޅުތަކަށް މޫސުމް ގޯސް ދުވަސްވަރަކަށް ވެފައި މިފަދަ ބަލިއެއް ފެތުރޭތީ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.