Last Updated: June 22, 20:19
Tuesday, June 23, 2026
ޚަބަރު

ކޮންފެޑެރޭޝަންސް ކަޕް ޖަރުމަން ކާމިޔާބުކޮށްފި

getty

ފީފާ ކޮންފެޑެރޭޝަންސް ކަޕުގެ ފައިނަލުގައި 0-1 އިން ޗިލީ ބަލިކޮށް ޖަރުމަނުވިލާތް ޗެމްޕިއަންކަން ހޯދައިފި އެވެ.

ޔުއެފާ އަންޑަ-21 ޔޫރޯ ވެސް ޖަރުމަނު 21 އަހަރުން ދަށުގެ ޓީމު ކާމިޔާބުކޮށްފައިވާއިރު ދުނިޔޭގެ ޗެމްޕިއަނުން ވަނީ ޗިލީ ބަލިކޮށްފައި ވަނީ ވަރަށް ޒުވާން ސްކޮޑަކާ އެކުގަ އެވެ.

މެޗުގެ ހަމައެކަނި ލަނޑު 20 ވަނަ މިނެޓުގައި ޖަހާފައިވަނީ ބޮރޫޝިޔާ މޮންޗެންޣްލަބާޖްއަށް ކުޅެމުން އަންނަ ލާސް ސްޓިންޑްލްއެވެ.

ޓީމުގެ 8 ކުޅުންތެރިންނަކީ ޒުވާން ޓީމަށް ކުޅޭ ކުޅުންތެރިންނެވެ. ޖަރުމަނުގެ ކޯޗު ޔޯކެހެމް ލޯ މިމުބާރާތަށް ޓީމު އިއުލާން ކުރުމުން ގިނަ ބަޔަކު ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މީސުޓް އޮޒިލް، މާކޯ ރޮއިސް، ތޯމަސް މުލާ، ކެޑީރާ އަދި ބޯޓެންގް ޓީމުގައި ނުހިމަނާ ރަޝިޔާއަށް ދިއުމުން ގިނަ ބަޔަކު ގަބޫލުކޮށްގެން ޖަރުމަނު ދާނީ ފުލުން ކަމަށެވެ.

ނަމަވެސް ދުނިޔޭގެ ޗެމްޕިއަންވަނީ ތަށްޓާއެކު ފާޑުކިޔުންތެރިންނަށް ރައްދުދީ، އަންނަ އަހަރުގެ ވޯލްޑް ކަޕަށް ޖަރުމަނުވިލާތް އޮތީ ފުރިހަމައަށް ތައްޔާރަށް ކަން އަންގާފައެވެ.