ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ވަކިކުރެވޭ ރައީސްއަށް ނުވެ، އަމިއްލައަށް އިސްތިއުފާ ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތް ވިދާޅުވެއްޖެއެވެ.
އަމީތު ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ މަސީހް ބޭނުންވަނީ މަޖިލީހުން ވަކިކުރެވޭ ފުރަތަމަ ރައީސްއަށް ވުމަށްތޯ ސުވާލުއުފައްދާފައެވެ. އަދި އެންމެ ބުއްދިވެރި ގޮތަކީ އަމިއްލައަށް އިސްތިއުފާ ދިނުމަށް ކަމަށްވެސް އަމީތު ވިދާޅުވެފައިވެއެވެ.
Majlis tharēkh ga Magāmun vakikurevey hama ekani Raēs akē Masēh kamuga vegendhān Masēh beynunfulhu vānetho? Buhdiveri vānē isthiufā dhevvun.
— Mohamed Ameeth (@MohamedAmeeth) July 2, 2017
ދެފަހަރެއްގެ މަތިން މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް އިދިކޮޅު މެމްބަރުން މަސައްކަތް ކޮށްފައިވާއިރު ދެފަހަރުވެސް ވޯޓު ކާމިޔާބުވާގޮތެއް ވަނީ ނުވެފައެވެ.
ނަމަވެސް އިދިކޮޅު މެމްބަރުން ވިދާޅުވަނީ މިފަހަރުގެ ވޯޓުގައި މަސީހް ބޭރުކުރެވޭނެ ކަމަށާއި މަސީހް ބޭރުކުރުމަށް ބޭނުންވާ މެމްބަރުން ހަމައަށް ތިބި ކަމަށެވެ.
މިހަފްތާ ތެރޭގައި މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓަށް ހުށައެޅޭނެ ކަމަށް މެމްބަރުން ބުނެފައިވެއެވެ. އިދިކޮޅު މެމްބަރުން މަސީހް ބޭރުކުރެވޭނެ ކަމުގެ ޔަގީންކަން އަރުވަމުން އަންނަ އިރު ރައީސް ޔާމީންގެ އަރިސް މެމްބަރުން އަންނަނީ މިފަހަރުވެސް ވޯޓު ނާކާމިޔާބުކުރާނެ ކަމުގެ ޔަގީންކަން ދެމުންނެވެ.