ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މަހިބަދޫ ދާއިރާގެ މެމްބަރ އަހްމަދު ޠޯރިގް (ޓޮމް) ބޭރުކޮށްފިއެވެ.
ވެރިކަން ކުރާ ޕީޕީއެމް/ އެމްޑީއޭގެ މެޖޯރިޓީ އޮންނަ މަޖްލިސްގެ އެންމެ ބާރުގަދަ އެއް ކޮމެޓީން ޓޮމް ބޭރުކޮށްފައި މިވަނީ ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީގެ އިސްތިއުފާއަށް ގޮވާފައި ވަނިކޮށެވެ.
ޓޮމްގެ ބަދަލުގައި އެކޮމެޓީއަށް މިހާރު އައްޔަން ކޮށްފައިނީ ގައްދު ދާއިރާގެ މެމްބަރ އަހްމަދު ރަޝީދުއެވެ. ޓޮމް އެކޮމެޓީން ބޭރުކުރިއިރު އެކޮމެޓީގައި ހިމެނިވަޑައިގަންނަވާ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލާއި މައްޗަންގޮޅު ދެނުކު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ވެސް ވަނީ ކޮމެޓީން ވަކިކޮށްފައެވެ.