Last Updated: May 1, 18:09
Thursday, May 1, 2025
ޚަބަރު

މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 ސޮޔާ އެކު ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ، 45 މެމްބަރުންގެ ސޮޔާ އެކު މިއަދު މަޖިލީހަށް ހުށަހަޅައިފި އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 45 ސޮޔާ އެކު ހުށަހެޅުވިއްކަން، މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވަނީ ކަށަވަރުކޮށް ދެއްވައިފަ އެވެ.

މަސީހުގެ އިތުބާރުގެ މައްސަލަ އަލުން މަޖިލީހަށް ވައްދާފައި މި ވަނީ އެ މަނިކުފާންގެ މައްޗަށް ކުރިން "ގަދަ ބާރުން ނެގި" ރޯލްކޯލް ވޯޓް ސަރުކާރު ހިންގާ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ފަޅީގެ މެމްބަރުންގެ ވޯޓާ އެކު ކާމިޔާބުކޮށްފައި ވަނިކޮށެވެ.

އަދި މިކަމާ ގުޅިގެން ފަހުން ވަނީ އިތުބާރު ނެތް ކަމުގެ މައްސަލަ މަދުވެގެން 42 މެމްބަރުންގެ ސޮޔާ އެކު ނޫނީ ހުށަނޭޅޭ ގޮތަށް މަޖިލީހުގެ ގަވައިދު ވެސް ފާސްކޮށްފަ އެވެ.