ސ. މީދޫގައި އުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ އެވެ.
މީދޫން ވާހަކަ ދެެއްކި މީހަކު ބުނީ މަރުވެފައި އޮއްވައި ފެނުނީ އެ ރަށު އަބުހަރީވިލާ ހުސެންދީދީ، 74، އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހުސެންދީދީ މަރުވެފައި އޮއްވާ ފެނިފައި ވަނީ ދާދި ދެން މެއަކު މީދޫ ބޮޑުމަގުގެ އުތުރުކޮޅުން ކޯގަންނާ ދިމާ މޫދުންނެވެ.
މީދޫން ވާހަކަ ދެއްކި މީހާ ބުނީ ހުސެއިންދީދި އަކީ އާއްމުކޮށް ކޮންމެ ދުވަހަކު ހެނދުނު މޫދަށް ދާ މީހެއް ކަމަށެވެ. އެގޮތުން މިއަދު ހެނދުނު ވެސް އޭނާ މޫދަށް ގޮސް ހަބަރެއް ނުވެ ލަސްވެގެން އޭނާގެ ކުއްޖަކު އަތިރި މައްޗަށް ދިޔަ އިރު ހުސެއިންދީދި ވެއްޓިފައި އޮތުމުން ބެލި އިރު އޮތީ މަރުވެފައި ކަމަށެވެ.
އޭނާ ބުނީ ހުސެއިން ދީދީ ވެއްޓިފައި އޮތީ ގޮނޑުދޮށާއި ކައިރިއަށް ކަމަށާއި ދިޔަވަރު އޮތީ އެއްކޮށް ހިކިފައި ކަމަށެވެ.
"ބޮޑަށް ބެލެވެނީ މަރުވެގެން ވެއްޓިފައި އޮތީ ކަމަށް ހުސެއިންދީދީ އަނގަމަތިން ވެއްޓިފައި، ފަހަރުގައި ދަތް އުގުޅަން ހުއްޓާ މަރުވެގެން ވެއްޓުނީ ކަމަށް ވެސް ވެދާނެ،" އޭނާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ ހުސެއިންދީދީގެ އަނގައިގައި ކޮންމެވެސް ވަރަކަށް ދޮންވެލި ވެސް ހުރި ކަމަށެވެ. އެހެންވެ އޭނާ މަރުވެފައި ވަނީ ގެނބިގެން ކަމަށް ބެލެވެން ނެތް ކަމަށެވެ.
"ދިޔަވަރު އޮތީ ހިކިފައި. އެހެންވެ ނުބެލެވޭ ގެބިނގެން ކަމަށް މަރުވީ." އޭނާ ބުންޏެވެ.
ހުސެއިންދީދީގެ ހަށިގަނޑު މިހާރު ވަނީ ހުޅުމީދޫ ސިއްހީ މަރުކަޒަށް ގެންގޮސްފަ އެވެ.