Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ރާ ބޮއެ އުރެދޭ ބަޔަކާ އެކު ﷲގެ ރަޙްމަތެއް ނުވާނެ: ރައީސް

ރާ ބޮއެ އުރެދޭ ބަޔަކާ އެކު ﷲގެ ރަޙްމަތެއް ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައި ވަނީ ޕީޕީއެމްގެ މަޖިލިސް މެންބަރުން ހިމެނޭ ވައިބަ ގްރޫޕްގައި ދާންދޫ ދާއިރާގެ މަޖިލިސް މެންބަރު އައްސަދު އެބޭފުޅާ އެކަނި ވިޔަސް ސަރުކާރު ދޫކޮށްފައި ނުދާނެ ކަމަށް ވިދާޅުވުމުން އެކަމަށް ޝުކުރު އަދާކުރައްވައި ފޮނުއްވި މެސެޖްގައެވެ.

"އިދިކޮޅު މީހުން އުޅެނީ ހުވަފެނެއްގައި، ﷲގެ ރަޙްމަތެއް ނުވާނެ ރާ ބޮއެ، އުރެދޭ ބަޔަކާއި އެކު" – ރައީސް ޔާމީން-

ސޯޝަލް މީޑިޔާގައި ލީކްވެފައިވާ ވައިބަރ މެސެޖްތަކުގައި ރައީސް ޔާމީން "ރާ ބޮއެ އުރެދޭ" ކަމަށް ވިދާޅުވެފައި ވަނީ ސީދާ ކޮން ބައެއް ކަމެއް ސާފެއް ނުވެއެވެ. އެހެން ނަމަވެސް ބެލެވޭ ގޮތުގައި އެއީ ސަރުކާރާއި އިދިކޮޅު ފަރާތްތަކެވެ.

ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް ވަރަށް ވަރުގަދަ ކޮށްފައިވާއިރު 45 މެންބަރުންގެ ސޮޔާއި އެކު މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މިހާރު ވަނީ މަޖިލީހަށް ވައްދާފައެވެ.