އަންނަ އަހަރު ނިމުމުގެ ކުރިން އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށް ދެވޭނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަޖީ ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ތޯރިޤް މިގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރ ޢަލީ ނިޒާރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
"އިރާދަކުރެއްވިއްޔާ އައްޑޫ ސިޓީގެ ފެނާއި ނަރުދަމާ މިއަންނަ އަހަރު ނިމުމުގެ ކުރިން އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުންނަުށް ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ނިންމައި، އެ ސަރވިސް ޕްރޮވައިޑް ކޮށްދެވޭނެ"
އައްޑޫގެ އެކި އަވަށްތަކުގެ ނަރުދަމާ ޤާއިމްކުރުމުގެ މަޝްރޫއުގެ ދަށުން 38 ކިލޯ މީޓަރުގެ ދިގުމިނުގެ ނަރުދަމާ ވިއުގައެއް ޤާއިމްކޮށް، 3387 ޓަނުގެ ސްވެރޭޖް ޓްރީޓްމަންޓް ޕްލާންޓެއް ބަހައްޓާ ގޮތަށް ވަނީ ހަމަޖެހިފައެވެ.