ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ނިކުމެ އިދިކޮޅު ފަރާތްތަކަށް ސާފު މެޖޯރިޓީއެއް ވަނީ ހޯދާދީފައި ކަމަށާއި އަދި މިއަދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ވަނީ އިދިކޮޅު ފަރާތްތަކަށް މެޖޯރިޓީ ހޯދާދީފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވެފައިވަނީ މިރޭ އިދިކޮޅު ފަރާތްތަކުން މ. ކުނޫޒްގައި ބާއްވަމުންދާ ޚާއްސަ ޖަލްސާގައި ދެއްވި މެސެޖެއްގައެވެ. ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހުން މެޖޯރިޓީ ލިބިފައިވާއިރު ގާނޫނު ހިމާޔަތް ކުރާ ފަރާތްތަކުން ގައުމު ސަލާމަތް ކުރުމުގައި އެއްބާރުލުން ދިނުމަށް ނަޝީދު ގޮވާލާފައިވެއެވެ.
މީގެ އިތުރުން ނަޝީދު ވަނީ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމާއި ތައުލީމާއި އެންމެހާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައްޔިތުން އެދޭ މީހަކަށް ވޯޓުލުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.