Last Updated: June 29, 21:20
Monday, June 29, 2026
މުނިފޫހިފިލުވުން

ޖެރީ ފެރޭރާ އާއި ބްރިއޭން ރެކާނޯ ކައިވެނިކޮށްފި

އެޗްބީއޯ ޗެނަލުން ކުރިން ދެއްކި ކޮމެޑީ ސީރީސް އެއް ކަމަށްވާ "އެންޓުއަރޭޖް" ގައި "ޓާޓްލް"ގެ ރޯލް އަދާކުރި ޖެރީ ފެރޭރާ އޭނާގެ ލޯބިވެރިޔާ ބްރިއޭން ރެކާނޯ އާއި ކައިވެނިކޮށްފިއެވެ.

އެ ދެމީހުން ކައިވެނި ކޮށްފައި ވަނީ ތިން އަހަރު ދުވަސް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު އެވެ. ޔޫއެސް ވީކްލީ އިން ރިޕޯޓް ކުރާ ގޮތުގައި ޖެރީ އާއި ބްރިއޭން ކައިވެނި ކޮށްފައި ވަނީ އޮހައިއޯގެ ކޭންޓަން ގައި ބޭއްވި ހަފްލާއެއްގައެވެ.

"އެންޓުއަރޭޖް" ގައި ޖެރީ އާއިއެކު މަސައްކަތް ކުރި އެކްޓަރު ކެވިން ޑިލަން ވަނީ ޖެރީ އާއި އޭނާގެ އަންހެނުންގެ ފޮޓޯ އެއް އިންސްޓްގްރާމް ގައި ޕޯސްޓް ކޮށްފައެވެ.

They did it! Congratulations to the Ferraras!

A post shared by Kevin Dillon (@kevindillonofficial) on

//platform.instagram.com/en_US/embeds.js

ޖެރީ އާއި ބްރިއޭން އެންގޭޖް ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.