ދަން ޖެއްސިޔަސް ރައްޔިތުންނަށް ހަރާންކޯރުވު ނުވާނެ ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމްދީދީ ވިދާޅުވެއްޖެ އެވެ.
އިބްރާހިމްދީ މިހެން ވިދާޅުވެފައިވަނީ އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނިކޮށް ކުރެއްވި ޓުވީޓެއްގައެވެ.
އިބްރާހިމްދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ދެވަނަ ފަހަރަށް އުފުލުމަށް ޕީޖީއިން ކޯޓަށް ފޮނުވާފައިވަނީ މިދިޔަ މޭ މަހުގެ 25 ވަނަ ދުވަހުގައެވެ.
Alhugadu Dhanjessiyas alhugandu hovaidhin rayyithunnah haraankoaruvaane evves gotheh nuonnaane
— Ibrahim M Didi (@ibrahimmdidi) July 4, 2017
އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި އޭރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ، އަބްދުﷲ މުހައްމަދު ގާނޫނާއި ޚިލާފަށް ހައްޔަރުކުރުމުގެ ސަބަބުންނެވެ.
އޭރު އިބްރާހިމްދީ ހުންނެވީ އެމްއެންޑީއެފްގެ މާލޭ އޭރިޔާގެ ކޮމާންޑަރުގެ މަގާމުގައެވެ.