ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިޝްގެ މައްޗަށް އުފުލާފައިވާ ޝަހުސު އޮޅުވާލުމުގެ މައްސަލައިގެ އަޑު އެހުން ބާއްވަން ތައްޔާރުވެއްޖެ އެވެ.
ޕީޕީއެމްގެ ލޯގޯ އާއި ދިދަ ގަވާއިދާއި ހިލާފަށް ބޭނުން ކުރި ކަމަށް ބުނެ އުފުލާފައިވާ ދައުވާގެ ލިޔެކިއުންތައް މިއަދު ވަނީ ކްރިމިނަލް ކޯޓުން ފާރިސްއާއި ފާރިސްގެ ގާނޫނީ ވަކީލު ހާޒިރުކޮށް އެ މައްސަލައިގެ ލިއެ ކިއުންތައް ހަވާލުކޮށްފައެވެ. ފާރިޝްގެ ގާނޫނީ ވަކީލަކަށް ހަމަޖައްސާވައިވަނީ އެމަނިކުފާންގެ ބޮޑުބޭބޭފުޅުގެ ދަރިކަލުން މައުމޫން ހަމީދުއެވެ.
ފާރިސްގެ މައްސަލައިގެ އަޑުއެހުން ފެށުމަށް ތައްޔާރުވަމުން އަންނަ އިރު މަޖްލިސް މެމްބަރުންނަށް ރިޝްވަތު ހުށަހެޅި މައްސަލައެއްވެސް ވަނީ ފާރިސްގެ މައްޗަށް ހުށަހެޅިފައެވެ.
ފާރިޝް އަކީ މަޖްލިސްގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމަށް ވޯޓުނެގުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވާ މަޖްލިސް މެމްބަރެވެ.